އިތުރު ދެ ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކުރަމަތި ރިސޯޓުން ކޮވިޑް 19އަށް ޓެސްޓްކުރި 2 ބިދޭސީއެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެރަށުގައި މިހާރުދަނީ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރަމުންނެވެ. އެހެންވެ އެރަށަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓާލައިފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

މި ދެމީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވުމުން ރާއްޖޭގައި މިހާރުވަނީ އެއްބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 އަށް އަރައިފައެވެ. ޕޮޒިޓިވް މީހުންގެ މީހާރުގެ ހާލަތަށް ބަލާއިރު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެޗުޕީއޭއިން ވަނީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.