ކޮރޯނާވައިރަސް ހުރިކަމަށް ބެލެވުނު އެންމެން ދޫކޮށްލައިފި

ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ ބެލުމުގެ ދަށުން މޮނިޓަރ ކުރަމުންދިޔަ އެންމެ މިއަދު ދޫކޮށްލައިފިއެވެ.

މި މީހުން ދޫކޮށްލީ މިބައްޔަށް ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވިކަން ޔަގީން ކުރުމަށްފަހުއެވެ. މިއަދު ދޫކޮށްލައިފައިވަނީ 7 މީހެކެވެ. އެއީ ބަލިހުރެދާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތިގެން އެކަހެރި ކުރެވުނު މީހަކާއި، ޗައިނާއަށް ދަތުރުކޮށްފައިވާ ދިވެހީންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި ކަމަށް ރިޕޯޓުކުރި 4 މީހަކާއި މިބަލީގެ އަލާމާތްތައް ފެނިފައި ނުވާ އެހެން ނަމަވެސް ޗައިނާއަށް ދަތުރުކުރި 2 މީހެއް ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

މި 7 މީހުން ދޫކޮށްލުމުން އެބައްޔަށް ޝައްކު ކުރެވިގެން އެކަހެރި ކޮށްފައިވެސް އަދި އަދި މޮނިޓަރިންގައި ވެސް މިވަގު އެއްވެސް މީހަކުނެތް ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.