އޮންލައިން ފްލޫ ކްލިނިކެއްގެ ޚިދުމަތް އޭޑީކޭއިން ހިލޭ ދޭން ފަށައިފި

އޮންލައިން ފްލޫ ކްލިނިކެއްގެ ޚިދުމަތް ހިލޭ، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ އެންމެ ބޮޑު އަމިއްލަ އެއް ހޮސްޕިލްކަމަށްވާ އޭޑީކޭއިން ފަށައިފިއެވެ. އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ން ފެށިންގެ އެ ކްލިނިކްގެ ޚިދުމަތް އެހޮސްޕިޓަލުން ފަށާނެއެވެ.

އޭޑީކޭގެ އޮންލައިން ފްލޫ ކްލިނިކްގެ ޚިދުމަތަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ހަމަޖައްސަވައިފައި ވަނީ ހެދުނު 8 ން ރޭގަނޑު 8 ކަށެވެ. އެޕްއިންޓްމަންޓް ޚިދުމަތް ހޯދުމަށް ގުޅަން ޖެހެނީ 3313553 ކަށެވެ.

އޭޑީކޭއިން ހާމަކޮށްފައިވާ ގޮތުގައި އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކުގެ ޑިޖިޓަލް މެމޯ ވައިބަރ ނުވަތަ ސްކައިޕް މެދުވެރިކޮށް ފޯނަށް ލިބޭނެއެވެ. ކިޔޫ ތަރުތީބު ބެލޭނެ އިންތިޒާމް އާސްކް އޭޑިކޭ މެދުވެރިކޮށް ވައިބަރ އާއި ޓެލެގްރާމް އަދި ފޭސްބުކް މެސެންޖަރ ގެ ޒަރީއާއިން ވަނީ ހަމަޖައްސަވައިފައެވެ. ކިޔޫ ތަރްތީބުން އޮންލައިން ކްލިނިކްގެ ޑޮކްޓަރުން ގުޅުއްވާނެކަމަށް އޭޑީކޭއިން ހާމަކުރެއެވެ. ކޮންސަލްޓޭޝަން ނުވަތަ ފަރުވާ ދެއްވުން ކުރިއަށް ގެންދަވާނީ ބަލި މީހާގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށްފަހު ކަމަށް އޭކޭއިން ހާމަކުރައްވައެވެ.

އޭޑީކޭއިން ހާމަކޮށްފައިވާ ގޮތުގައި ޑޮކްޓަރަކާ ބައްދަލުކޮށް ބަލި މީހާ ދެއްކުމާއި އޮންލައިންކޮށް ދެއްކުމުގައި ތަފާތު ތަކެއް ހުންނާނެއެވެ. ބަލި މީހާ ތަފްޞީލްކޮށް ބެލުމުގެ ފުރުޞަތު އޮންލައިންކޮށްނަމަ ވަރަށް ކުޑަކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގައި ދެވޭ ޚިދުމަތް ތަކުގެ ތެރޭގައި ބަލީގެ އަލާމާތްތަކުގެ ތަފްޞީލް ހޯދުމާއި މަޢުލޫމާތު ފޯރުކޮށް ދިނުމާއި ގޭގައި ބޭސްކުރުން ރައްކާތެރި ބޭސްތަކާއި ބޭނުންކުރާނެ ގޮތްތައް ބޭސް ސިޓީއަކުން ފޯރޮކޮށް ދިނުމާއި ކުރިއަށް ދާންވީ ގޮތުގެ މަޝްވަރާ ދިނުން ހިމެނެއެވެ.

ކޮވިޑް – 19 ރާއްޖޭގައި ފެތުރެމުންދާއިރު އެބަލިން އަރައިގަތުމަށް ޤައުމީ ފެންވަރުގައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގައި ރާއްޖޭގައި ޚިދުމަތްދޭ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލުކަމުގައިވާ އޭޑީކޭ އާއި ޓްރީޓޮޕުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަ ފުޅުގައި ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.