
ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެމެރިކާގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
މަރުވެފައިވަނީ އުމުރުން 59 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 18:20 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ހިނގާފައިވަނީ ގއ. ހަނޑަހާގައި ތަރައްގީކޮށްފައިވާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެކެވެ.
ފުލުހުން ވިދާޅުވީ އޭނާ ގެނބިގެން ގއ. ވިލިގިލީ ހޮސްޕިޓަލަށް ގެންދިޔުމުން އެތަނުންވަނީ އޭނާ މަރުވެފައިވާކަން ޔަގީން ކޮށްދީފައެވެ.
ފުލުހުން ގެންދަނީ އެމައްސަލަ ބަލަމުންނެވެ.