
މަރުވެފައި އޮތް މީހަކު ރ. ކިނޮޅަހު ގޮނޑުދޮށުން ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމަޢުލޫމާތު ލިބިފައިވަނީ ރޭ 12:00 އެހައިކަންއިރު ކަމަށެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު އުތުރުފަރާތު ގޮނޑުދޮށުން ނެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ ޢުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަން ހިނގުމުން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް މިހާރު ދަނީ އެރަށަށް ދަތުރު ކުރަމުންނެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.