
ގަލޮޅު ގެއެއްގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މި މިހާ މަރުވެފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ (12 ފެބްރުއަރީ ވީ ހުކުރު ދުވަހުގެ ރޭ) 22:43 ގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ވެސް ވަނީ ބުނެފައެވެ.