ދަރުމަވަންތަ ސްކޫލުގެ އައުއިމާރާތުގެ މަސައްކަތް އެސްޖޭ ކުންފުންޏާ ހަވާލުކޮށްފި

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާ މިއަދު ހަވާލު ކުރައްވައިފިއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫއުގެ އަގަކީ ހަތްދިހަ ހަތަރު މިލިއަން ނުވަލައްކަ ތިރީސް އަށްހާސް ތިންސަތޭކަ ނުވަދިހަ ރުފިޔާ އަށާވީސް ލާރި އެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 364 ދުވަހެވެ. މި މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މިއަދު އެވެ. މިއީ ވަށާޖެހޭ ތައުލީމެއް ދެވޭ، އެއްދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑަލް ސްކޫލް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ އުންމީދު ކުރައްވަނީ 2021 ވަނަ އަހަރު އޭޕްރިލް މަހު މި މަސައްކަތް މުޅިން ނިމި، 2022 ވަނަ އަހަރު ދިރާސީ އައު އަހަރާއެކު މި ސްކޫލްގައި ކިޔަވައިދެވެން ފެށޭނެ ކަމަށެވެ.

މި ސްކޫލް ޑިޒައިން ކުރެވިފައި ވަނީ

  • ޖުމްލަ 41 ކްލާސްރޫމް
  • ކޮންމެ ކްލާސްއެއްގައި 25 ކުދިން
  • އެއްހާސް ކުދިންގެ އާބާދީއަކަށް
  • ދެ ބުރީގެ ލައިބްރަރީއެއް (ޕްރައިމެރީ އަދި ސެކަންޑަރީ ވަކިން)
  • މަސައްކަތު މީހުންނަށް ހާއްސަ ޖަގަހަ ތަކެއްވެސް ހިމެނޭނެ
  • ގިނަ ގުނަ އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހިމެނޭނެ

މި ސްކޫލުގެ އިތުރުން ހުޅުމާލޭ ފޭސް-2 ގައި އަޅަން ހަމަޖެހިފައިވާ އައު ސްކޫލް ގެ ޑިޒައިން މަސައްކަތްވެސް މިމަހު ފަހުކޮޅު ނިމި އިޢުލާނު ކުރެވޭނޭ ކަމަށް ލަފާކުރެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.  މި 2 ސްކޫލް ޑިޒައިން ކުރެވިފައި ވަނީ ވަށާޖެހޭ ތައުލީމެއް ދެވޭ ފުރާފުރިހަމަ 2 ސްކޫލްއެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.