
ސެންޓްރަލް އިޓަލީގެ ފަރުބަދަމަތީ ހިސާބެއްގެ ހޮޓަލެއްގެ މައްޗަށް ކުއްލިއަކަށް ގިނައަދަދަކަށް ސްނޯފައިބައިގަތުމުގެ ހާދިސާއަކަށްފަހު ދިހަމީހުން ސަލާމަތް ކުރެވިއްޖެއެވެ. ބުދަދުވަހު އައި ބިންހެލުން ތަކަކާގުޅިގެން ކުރިމަތިވި ސްނޯގެ ކުއްލި ހަރަކާތުގެ ސަބަބުން ހޮޓާ އެއްކޮންހެން ސްނޯގައި ވަޅުލެވިގެން ދިޔަކަމަށް ޚަބަރުލިބެއެވެ. މިހާދިސާއަށްފަހު ހަތަރު މީހުން މަރުވެފައިވާ ކަމަށާ ވިއްސަކަށް މީހުން އަދިވެސް ގެއްލިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އެހީގެ މަސައްކަތުގައި ހަރަކާތެރިވާ ފަރާތްތަކުން މީހުން ހޯދުމުގެ މަސައްކަތް ހޮނިރުދުވަހުވެސް ކުރިޔަށް އެބަގެންދެއެވެ. ނަމަވެސް އެހިސާބަށް އަދިވެސް ސްނޯފައިބަމުން ދިއުމާއިއެކު މަސައްކަތް އެންމެ އެދެވޭގޮތަށް ކުރިޔަށް ނުގެންދެވޭކަމަށް ޚަބަރުލިބެއެވެ.