ހުޅަގު އެފްރިކާގެ ގައުމެއްކަމަށްވާ ގެންބިޔާގެ ރައީސް ޔަހްޔާ ޖާމޭ ގެ ރައީސްކަމުގެ ދައުރުގެ މުއްދަތު ބުދަ ދުވަހުގެ ރޭ ދަންވަރުބާރަޖެހި އިރު ހަމަވެފައިވީނަމަވެސް އަދިވެސް މަގާމު ދޫނުކުރައްވާ ނުދެއްވާ މަޑުކުރައްވަމުންގެންދަވާ ކަމަށް ޚަބަރުލިބެއެވެ.
އަނެއްކޮޅުން ، ގެމްބިޔާގައި މިދިޔަމަހު ބޭއްވުނު އިންތިޚާބް ކާމިޔާބް ކުރެއްވި ، އިދިކޮޅު ކެންޑިޑޭޓް އާދަމް ބަރޯ ހުވާކުރެއްވުމުގެ ރަސްމިއްޔާތުވެސް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބޭއްވުމަށް އެސަރަހައްދުގެ ބަޔެއް ގައުމުތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ގެމްބިޔާގެ މަޝްރަހު ހޫނު ވަމުންދާއިރު ، ބުރާސްފަތި ދުވަހަށް ރޭވިފައިވާ ހުވާކުރުމުގެ ރަސްމިއްޔާތު ނުބޭއްވިއްޖެނަމަ މިލިޓަރީ ފިޔަވަޅުއެޅުމަށްޓަކާ ހުޅަގުއެފްރިކާގެ ބަޔެއްގައުމުތަކުގެ ސިފައިން މިހާރ ގެމްބިޔާގެ އިމަށް ޖަމާވަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން މޮރިޓޭނިޔާ އަދި ސެނެގޯލްގެ ސިފައިން ތައްޔާރީ ހާލަތަށް ގެންވިފައިވާކަމަށް ޚަބަރުލިބެއެވެ.މިދެގައުމުގެ އިތުރުން ބިޔަ ނައިޖީރިޔާއިންވެސް ގެމްބިޔާ ގައި އަސްކަރީ ފިޔަވަޅުއެޅުމަށް ތާއީދު ކުރާކަމަށް ޚަބަރުލިބެއެވެ.
ގެމްބިޔާގައި ފެށިގެންހިގައިދާނެ ހަގުރާމައިން ސަލާމަތްވުމަށް މިހާރުވެސް ސައްބީސްހާހެއް އާންމުން އަވަށްޓެރި ސެނެގޯލް އަށް ދަތުރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. އަދި އެގައުމުގައި ތިބި އެތައް ހާސް ޓުއަރިސްޓުންވެސް ގެންދަނީ ފޮނުވާލަމުންނެވެ.
ގެމްބިޔާގެ ރައިސް ޔަހްޔާ ޖާމޭ ވެރިކަމަށް ވަޑައިގެންފައިވަނީ ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ގެނެވުނު އަސްކަރީ އިންގިލާބެއްގައެވެ. ބުދަދުވަހަކީ ޖާމޭ ގެ ވެރިކަމުގެ ދައުރުގެ އެންމެ ފަހު ދުވަސް ނަމަވެސް އެގައުމުގެ ޕާލަމެންޓުންވަނީ އިތުރު ތިންމަސް ދުވަހަށް ޖާމޭގެ ވެރިކަމުގެދައުރުގެ މުއްދަތު އިތުރު ކޮށްފައެވެ. ޖާމޭ ވިދާޅުވަނީ އައު އިންތިޚާބެއް ބޭއްވެންދެން އޭނާ މަގާމުގައި ދެމި ހުންނަވާނެ ކަމުގައެވެ.
ދެން ތިހެން ހަދާނީ މި ގައުމުގެ ރައީސް. ދައުރު ހަމަވިޔަސް އިސްތިއުފާއެއް ނުދޭނެ. ހަމަ ޔަގީން. ސޯ ފަނީ.