
އައްޑޫސިޓީގައި ގާއިމްކުރަން ހަމަޖެހިފައިވާ "ކަސްޓަމްސް ސައުތު ރީޖަނަލް ހެޑުއޮފީސް" އިމާރާތް ކުރާނެ ބުން ކަސްޓަމާ ޙަވާލުކޮށްފިއެވެ.
މި ބިންހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔަތު އިއްޔެވަނީ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބާއްވައިފައެވެ. އައްޑޫސިޓީކައުންސިލުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރ އަބްދުﷲ ސާދިގެވެ. ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ޑިޕިޔުޓީ ކޮމިޝަނަރ ޢަބްދުﷲ ޝަރީފެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލު ކުރައްވާފައިވަނީ ބިން ހަމަޖައްސައިދެއްވި ސަރައްހައްދުގައެވެ.
ބާރަ ހާސް އަކަފޫޓުގެ ބިމެއް ކަސްޓަމްސްއަށް ދެއްވީ މަރަދޫ ތައުޒަން ބީސީ ރެސްޓޯރެންޓުގެ އަރިންމަތީންނެވެ.
އަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ އެބިމުގައި އިމާރާތްކުރާ ބިލްޑިންގުގައި ތަފާތު ތަމްރީން ޕްރޮގްރާމް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެތަން ވެގެންދާނީ ޒަމާނީ ފެންވަރުގެ އިމާރާތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ބިމުގައި އިމާރާތް ނުކޮށް ގިނަދުވަސްވާކަމަށްވާނަމަ އިމާރާތް ކުރުމަށް އައްޑޫސިޓީ ކައުންސިލުން ބާރު އަޅުއްވާނެއެވެ.