
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން "ބެކް ޓު ސްކޫލް"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް އާދީއްތަ ދުވަހު ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑެލް ފުލް ކްރީމް 200 އެމްއެލް ޕެކެޓުގެ ކޭހެއް ގަތުމުން ވަރަށް ރީތި ބިއްލޫރި ތައްޓެއް އިނާމަކަށް ލިބޭނެއެވެ.
މި ޕްރޮމޯޝަންގެ ތެރޭގައި 24 ޕެކެޓް ހިމެނޭ، ޑެވޮންޑެލް ފުލް ކްރީމް ކޭހެއް ވިއްކާނީ 170 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެސްޓީއޯއިން ވިދާޅުވީ މި ކިރަކީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލް އެއްޗެއް ކަމަށެވެ. މިއީ އޮސްޓްރޭލިއާގެ އުފެއްދުމެކެވެ.
ސްކޫލް ހުޅުވުމާ ދިމާކޮށް އެސްޓީއޯއިން އިއްޔެ ފެށި މި ޕްރޮމޯޝަން ޖެނުއަރީ މަހުގެ 12 އިން ފެބްރުއަރީ މަހުގެ 12 އަށް ކުރިއަށްދާނެއެވެ.