އެސްޓީއޯގެ ސުޕަމާކެޓާއި ގުދަން މިރޭ އާއްމު ހާލަތަށް ގެންނަނީ

އެސްޓީއޯގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން މޮނިޓަރިންނަށް ގެންދެވިފައިވާ އެ ކުންފުނީގެ ސުޕަމާކެޓާއި ގުދަން މިރޭގެ ވަގުތެއްގައި އާއްމު ޙާލަތަށް ގެނެވޭނެކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ އެސްޓީއޯ ސުޕަމާކެޓާއި ގުދަން ޑިކޮންޓަމިނޭޝަންގެ މަސައްކަތް ނިމި މިރޭގެ ވަގުތެއްގައި އާއްމު ހާލަތަށް ގެނެވޭނެކަމަށެވެ. މޮނިޓަރިންނަށް ގެންދެވުނު ތަންތަނުގެ ތެރޭގައ އެސްޓީއޯ ސުޕަމާކެޓާއި އެސްޓީއޯ ޓްރޭޑް ސެންޓަރ އަދި މާފަންނު އަމީނީ މަގުގައި ހުންނަ އެސްޓީއޯގެ ލޭބަރ ކުއާޓަރ ހިމެނެއެވެ. މިތަންތަން މޮނިޓަރިންނަށް ގެނައުމާ ގުޅިގެން އެސްޓީއޯ އީ ސްޓޯރުގެ ޚިދުމަތް ވެސް އޮތީ މެދުކަނޑާ ލެވިފައެވެ. ނަމަވެސް މާދަމާއިން ފެށިގެން އެޚިދުމަތް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ،  

ކުރިންވެސް ވަނީ އެސްޓީއޯ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ އެސްޓީއޯގެ ހެޑް ކުއާޓާރސްގައި ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.