އޮމާންގެ ރަސްކަމަށް ހައިތަމް ބިން ޠާރިޤް އިސް ކޮށްފި

ޢޮމާންގެ ވެރިކަމަށް ޞުލްޠާން ޤާބޫސް ބިން ސަޢީދާ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވާ ހައިތަމް ބިން ޠާރިޤް އިސް ކުރައްވައިފިއެވެ. ސަރުކާރުގެ ރަސްމީ ޓީވީންއިޢުލާނު ކޮށްފައިވަ ގޮތުގައި ހައިތަމް ހުވައި ކުރެއްވީ ޢާއިލާގެ މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ކައުންސިލެއްގެ ކުރިމަތީގައެވެ.

އާއިލާއިން ހާމަ ކޮށްފައިވާ ގޮތުގައި ހައިތަމް ވެރިކަމަށް ގެންނެވީ މަރްޙޫމް ޤާބޫސް ލިޔުއްވައިފައި އޮތް ސިޓީފުޅެއްގެ މައްޗަށް ބިނާ ކުރައްވައެވެ.

ޞުލްޠާން ޤާބޫސް މީހަކާ ކާވެންޏެއް ނުކުރައްވައެވެ. ވުމާއެކު ރަސްކަން ވާރުތަ ކުރައްވާނޭ ދަރިކަލަކު ނެތެވެ. ރަސްމީ އުސޫލު އޮންނަ ގޮތުން އެ ވަގުތަކު ރަސްކަމުގައި ހުންނަވަ ބޭފުޅަކު ސިޓީފުޅަކުން ވަލީޢަހުދަކު ޚިޔާރު ކުރައްވާން ޖެހެއެވެ.

ސިޓީފުޅު ކަނޑާނީ ޢާއިލާގެ ބެފުޅުންނަށް ވަކި ބޭފުޅަކި ޚިޔާރު ނުކުރެއްވިއްޖެ ނަމައެވެ.

ރަސްކަމަށް އިސް ކުރައްވާން އަހުލުވެރިވެފައިވާ ތިން ބޭފުޅަކު ފާހަގަ ކުރެވިފައި އޮތެވެ. އެއީ ހައިތަމް ބިން ޠާރިޤް އައްސައްޔިދާއި، ނާއިބު ބޮޑުވަޒީރު އަސްޢަދް ބިން ޠާރިޤް އައްސައިޔަދާއި، ނޭވީގެ ކުރީގެ ކޮމާންޑަރު ޝިހާބް ބިން ޠާރިޤް އައްސައްޔިދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.