ޗައިނާގެ ޕްރޮވިންސެއްގެ 80 މިލިއަން އާބާދީގައި އެންމެ 17 ފަގީރުން

ޗައިނާގެ ޕްރޮވިންސެއް ކަމުގައިވާ ޖިއަންގޒޫއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެ ޕްރޮވިންސްގައި މިހާރު ތިބީއެންމެ 17 ފަގީރުންނެވެ. ޕްރޮވިންސްގެ ޖުމުލަ އާބާދީއަކީ 80 މިލިއަނެވެ.

ޗައިނާގެ މައި ސަރުކާރުން އަދި 2019 ވަނަ އަހަރުގެ ރަސްމީ ރިޕޯޓެއް ނުނެރެއެވެ. އެހެންނަމަވެސް ގައުމުން ފަގީރުކަން ނައްތައިލާން ކުރަމުންދާ މަސައްކަތުގެ ސަބަބުން 2018 ވަނަ އަހަރު ނިމުނު އިރު ފަގީރުންގެ ޖުމުލަ އަދަދު 16.6 މިލިއަނަށް ތިރި ކުރެވުނު ކަމަށް ރަސްމީ ރތަފާސްހިސާބުން ދައްކައެވެ. 2019 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު އެންމެ 6 މިލިއަނަށް ތިރި ކުރެވޭނޭ ކަމަށް އޮތީ ލަފާ ކޮށްފައެވެ. ޗަައިނާގައި ފަގީރުންގެ ލިސްޓުން ނަމެއް އުނި ކުރަނީ އަހަރެއްގެ މައްޗަށް 6000 ޔުއާން (13349 ދިވެހި ރުފިޔާ) ގެ އާމްދަނީއެއް ލިބޭ ނަމައެވެ.

ޗައިނާގެ މައި ސަރުކާރުން ވަނީ ފަގީރުކަން ނައްތާލުމަށްޓަކައި ކުރާ މަސައްކަތަށް މި ދިޔަ އަހަރު 126.1 ބިލިއަން ޔުއާން ޚަރަދު ކޮށްފައެވެ. އެއީ ރަށްފުށުގެ އާބާދީގެ 564 މިލިއަން މީހުންނަށް އަމާޒުކޮށް ޚަރަދުކުރި މިންވަރެކެވެ.

ޖިއަންގޒޫގައި ތިބި 17 ފަގީރުންނަކީ އާއިލާއެއްގެ 17 މީހުންނެވެ.

މި ރިޕޯޓަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުން އެބަ ގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.