ޗައިނާއިން ފުރަތަމަ ނިއުކުލިޔާ ޓެކްނޮލޮޖީ ޔުނިވަސިޓީ އުފައްދަނީ

ޒެއިޖިއާންގ ޕްރޮވިންސުގައި ހުންނަ ކިންޝަން ނިއުކުލިޔާ އިންޖީނުގެ

ޗައިނާގައި ނިއުކުލިޔާ ހޯދުންތަކުގެ ދާއިރާއަށް ލިބޭ ތަރުހީބުގެ ބޮޑު ކަމުން އެކަމަށް އިިތުރު ފުުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، ނިއުކުލިޔާ ޓެކްނޮލޮޖީގެ ހޯދުންތަކަށް ޚާއްސަ ޔުނިވަސިޓީއެއް އުފައްދަން އެގައުމުން ނިންމައިފި ކަމުގައި ޗައިނާގެ ނޫހަކުން ބުނެފިއެވެ.

ދަޕޭޕާ.ސީއެން ގެ ރިޕޯޓުގައި ވާގޮތުން ޗައިނާގެ ނިއުކުލިޔާ ހަކަތައިގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ޗައިނާ ނޭޝަނަލް ނިއުކުލިޔާ ކޯޕް (ސިއެންއެންސީ) އިން ވަނީ ޓިއާންޖިން ޕްރޮވިންސުގައި ނިއުކުލިޔާ ޓެކްނޮލޮޖީ ޔުނިވަސިޓީއެއް އުފެއްދުމަށްޓަކައި، ޓިއާންޖިން ޕްރޮވިންސުގެ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޔުނިވަސިޓީ ވެގެންދާނީ ނިއުކުލިޔާ ޓެކްނޮލޮޖީއަަށް ޚާއްސަކުރެވިގެން ދުނިޔޭގައި ހުޅުވޭ ފުރަތަމަ ޔުނިވަސިޓީ ކަމުގައެވެ.

" ވޮކޭޝަނަލް ތައުލީމީ ނިޒާމެއް ގާއިމުކޮށް، ހޯދުންތަކުގެ ދާއިރާ ފުޅާކޮށް، އެކަމަށް ބޭނުންވާ އާލާތްތައް އިތުރުށް ތަރައްގީކުރުމަށް ޔުނިވަސިޓީން އިސްކަންދޭނެ." ސީއެންއެންސީގެ ނާއިބު ރައީސު ހީ ޒީޝިންގ ވިދާޅުވިއެވެ.

މިފަހަކަށް އައިސް ޗަައިނާއިން ވަނީ ނިއުކުލިޔާ ހޯދުންތަކުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އޭގެ ސަބަބުން އެ ދާއިރާއަށް މީހުން ހޯދުން ވަނީ ދަތިކަމަކަށް ވެފައެވެ.

ނިއުކުލިޔާ ޓެކްނޮލޮޖީގެ އިތުރަށް ޓިއާންޖިންގެ ސިނާއީ ތަރައްގީގައިވެސް އާ ޔުނިވަސިޓީން އިސް ދައުރެއް އަދާކުރާނެ ކަމުގައި ސީއެންއެންސީ އިން ބުނެއެވެ.

ޗައިނާގައި މިހާރުވެސް 34.8 ގިގަވޯޓުގެ ކަރަންޓު އުފައްދާ 38 ނިއުކުލިޔާ އިންޖީނުގެ ހުރެއެވެ. އެގައުމުން މަސައްކަތްކުރަމުން ދަނީ 2020 ވަނަ އަހަރާ ހަމައަށް މި އަދަދު 58 ގިގަވޯޓަށް އިތުރުކުރުމަށެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.