
ޗައިނާގެ ޚަރިޖީ ވަޒީރު ވާން ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ވާން ޔީ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ދިވެހިރާއްޖޭގެ ޚަރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.
އެމެރިކާގައި ހުންނަވާފައި ޚާރިޖީ ވަޒީރުޝާހިދުވެސް އެނބުރި ރާއްޖެ ވަޑައިގަތީ މިއަދުއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އަބްދުﷲ ޝާހިދު ވާން ޔީ އަށް ރަސްމީކޮށް މަރުހަބާ ވިދާޅުވުން އޮންނާނީ ޚާރިޖީ ވުޒާރާގައި މާދަމައެވެ. އޭގެ ފަހުން ދެ ގައުމުގެ ރަސްމީ ވާހަކަތައްވެސް އޮންނާނެއެވެ.
ވާން ޔީގެ ދަތުރުފުޅުގައި އޭނާއާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ގުޅިފައިވާ ބަޔާނެއް މާދަމާ ދެއްވާނެ ކަމަށްވެސް ޚަރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ ފަހުން ދެ ގައުމުން އެމްއޯޔޫތަކެއްގައި ސޮއިކުރުން އޮންނާނެއެވެ.