ދޯނީގެ ކެޕްޓަން ގެއްލުނު ސަރަހައްދުން ފޯނަކާއި އެހެން ސާމާނު ހޯދައިފި

މާލެއަތޮޅު ކަގި ކައިރިއަށް ފަރަށް އެރި ދޯނިން ގެއްލިފައިވާ އޭގެ ކެޕްޓަން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގައި އެ ސަރަހައްދުން ބައެއްތަކެތި ހޯދައިފިއެވެ.

އޭގެތެރޭގައި ވަޅިއެއްގެ ތިލައަކާއި، ފޯނަކާއި، ލޭ ކަމަށް ބެލެވޭ އެއްޗެއްހުރި ތުވާއްޔެއް ހިމެނެއެވެ. އެމްއެމްޑީއެފުން ވިދާޅުވީ އެއާ ބެހޭ އިތުރު ތަފްސީލް ދޭން އެނގޭނީ ޕޮލިހުންގެ ތަހުގީގަށްފަހު ކަމަށެވެ. މިތަކެތި ފެނިފައިވަނީ ކަނޑު 41 މީޓަރާއި 48 މީޓަރާ ދެމެދުގެ އަޑިންނެވެ.

އެމްއެންޑީއެފުން ކައްޕި ހޯދުމުގެ މަސައްކަތް ކުރަނީ

މި ދޯނި ފަރަށް އަރައި ކައްޕި ގެއްލިގެން ހޯދަން ފަށައިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށީ، ހަވީރީނާޒު، މުޙައްމަދު ޔޫސުފެވެ. އޭނާގެ ޢުމުރަކީ 37 އަހަރެވެ.

އެމްއެންޑީއެފްގެ މަސައްކަތުން ވެސް އަދި އެމީހާ ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ދަނީކުރަމުންނެވެ. އަދި ދޯނީގެ ވެރިފަރާތުން ގެންދަނީ ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.