ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ

ދެ މީހުންނާއެކު ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެމީހުން ފެނިއްޖެއެވެ.

އެމީހުން ފެނިފައިވަނީ އއ. އުކުޅަހަށް ވަނުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ޑިންގީ ދަތުރުކުރީ އއ.ތޮއްޑޫ އަށެވެ. "ތުނޑި" ނަމަކަށް ކިޔާ އެ ޑިންޑީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓަގާރޑަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:03 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދަތުރުކުރި ދެ މީހުންނާއެކު ޑިންގީ އުކުޅަހަށް ވަދެފައިވަހީ 2:55 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމީހުންނަށް ދަތުރުގައި މައްސަލަ ދިމާވީ ދަތުރުގެ މިސްރާބު އޮޅުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހިސާބުން ނަގިލިލައިގެން ތިއްބައި އުކުޅަހުގެ އެންޓަނަރ އެމީހުންނަށް ފެނިގެން އެރަށަށް ވަނީ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އެއިން ދަތުރުކުރި ދެމީހުންގެ ޙާލުވެސް ރަނގަޅެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.