ކައްޕި ހޯދުމުގެ މަސައްކަތް ހެލިކަޕްޓަރުން ފަށައިފި

އިއްޔެ ފަރަށްއެރި "ޓީޓީއެސްފާން" ދޯނީގެ ކެޕްޓަން ހޯދުމުގެ މަސައްތަކަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރ މިއަދު ނުކުމެއްޖެއެވެ.

އެމްއެމްޑީއެފުން ވިދާޅުވީ އެ ދޯނީގެ ކެޕްޓަން މުހައްދު ޔޫސުފު ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި މިއަދު ވެސް ކުރަމުން ގެންދާ ކަމަށެވެ. ހެލިކޮޕްޓަރުގެ އިތުރުން ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓުގާޑުގެ ނޫރައްދީން ލޯންޗުދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅވިއެވެ.

މިހާތަނަށްކުރި މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އެސަރައްދުން މާސްކަކާއި ބޮކްސާއެއް ސިފައިން ވަނީ ހޯދައިފައެވެ. އެއީ ސީސާ ކައްޕީ ބޭނުންކުރިއެއްޗެއް ކަމެއް ކަށަވަރެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.