
ބ. އަތޮޅުގައި ހިނގި ލޯންޗު އެކްސިޑެންޓުގައި އަޑިއަށްދިޔަ ޑިންގީގެ ބައެއް ކޯސްޓުގާޑުގެ ޑައިވަރުން މިއަދު ހޯދައިފިއެވެ.
ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެޓުގައިވަނީ އޭދަފުށީ، މުޝްތަރީގޭ، ނަސްރުﷲ ޢަބްދުﷲ ގެއްލިފައެވެ. ބ. އަތޮޅު ދޮންފަނާއި ހަނިފަރާ ދެމެދު ހިނގި އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲ އަކީ ޢުމުރުން 41 އަހަރުގެ މީހެކެވެ.
އެމްއެންޑީއެފުން ވިދާޅުވީ ޑިންގީ ފެނިފައިވަނީ ދޮންފަނާއި އަނގަފަރާ ދެމެދުން 40 މީޓަރު އަޑިން ކަމަށެވެ. ޑިންގީން ފެނުނުބައި މައްޗަށް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ އިންޖީން މަތިގަނޑު މިހާރުވަނީ ނަގައިފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.