ކަނޑުމަތީ އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށް ހިނގައްޖެ

ވިލިމާލެ ކައިރިން ވާދޫ ކަނޑު އޮޅިން ދުއްވާފައި ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މިއެކްސިޑެންޓްވާން ދިމާވި ސަބަބެއް އެނގިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:00 އެހައިކަންހާއިރު ކަމަށެވެ.

އެކްސިޑެންޓްވި ދެ އުޅަނދުގެ ތެރެއިން ކޮންމެ އުޅަނދެއްގައި ވެސް ތިން މީހުން ތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބފައެއް ނުވެއެވެ. އެކަމަކު ދެ އުޅަނދަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އެތަނުން ދޯނި އުޅަނދެއްގެ ކަފު ޖަހައިގެން ވިލިމާލެއަށް ގެންނަނިކޮށް ވަނީ ވިލިމާލޭ ނެރުމައްޗަށް އަޑިއަށް ގޮސްފައެވެ. އަޑިއަށް ދިޔަ ދޯނި ތިލަ ކުރުމުގެ މަސައްކަތް އޭގެ ވެރިފަރާތުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.