މޫދަށް ވެއްޓުނު ކުއްޖާ ހޯދުން މި ވަގުތަށް ހުއްޓާލައިފި

Photo: sun.mv

މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗުން އޮޅުވެލި ރިސޯޓު ކައިރިއަށް ގެއްލުނު އުމުރުން ހަތަރު އަހަރުގެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތް  މިވަގުތަށް އެމްއެންޑީއެފުން ހުއްޓާލައިފިއެވެ.

އެ ކުއްޖާ ގެއްލިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ކުއްޖާ މޫދަށް ވެއްޓުނީ ކުއްޖާގެ މަންމަޔާ އެކީގައެވެ. މަންމަ އެ ދުވަހު ވަނީ ފެނިފައެވެ. އެކަމަކު އޭރު އޭނާ އޮތީ ނިޔާވެފައެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ކުއްޖާ ހޯދުމަށް މިހައިތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން 4706 މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައެވެ.

ކުއްޖާ ހޯދފުމުގެ މަސައްކަތް މި ވަގުތަށް ހުއްޓައިލީ މިހައިތަނަށް ކުރެވުނު މަސައްކަތުން ކުއްޖާގެ އެއްވެސް ހިލަމެއް ވެފައި ނުވާތީއެވެ.

އެމްއެންޑީއެފުން ވަނީ ގެއްލުނު ކުއްޖާ ހޯދަން އާންމުންގެ އެހީއަށްވެސް އެދިފައެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި 13 މީހުން ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.