
ރޭ ފަތިހު އަލިފާން ރޯވި ޔޮޓުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް އެ އަޑިއަށް ހިނގައްޖެއެވެ.
ޔޮޓު އަޑިއަށް ދިޔައީ އަލިފާން ކޮންޓްރޯލް ކުރުމަށް ފޯމު ބޭނުންކުރަމުން ދަނިކޮށް މިއަދު ހެނދުނު 9:32 އެހައިކަންހާއިރުއެވެ. އޮސްޓްރޭލިއާގެ އެ ޔޮޓްގައި އަލިފާން ރޯވާންދިމާވި ސަބަބު އެނގިފައެއް ނުވެއެވެ. އޭގައި ރޯވިއިރު އޮސްޓްރޭލިއާގެ 3 ފިރިހެނަކު އޭގައި ތިބިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އަލީފާން ރޯވުމުން އެހެން އުޅަނދަކުން ވަނީ އެމީހުން ސަލާމާތްކޮށްފައެވެ. އަދި އެމީހުން ތުލުސްދޫ ސިއްހީމަރުކަޒަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށެވެ.