
ގދ. ތިނަދޫ ގޯސިޔާ ރެސްޓޯރަންޓް ކުރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މިހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:26 އެހައިކަންހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ގދ.ތިނަދޫގައި ޤާއިމްކޮށްފައިވާ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން އެ ކާރުގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ ފަތިހު 05:10 އެހައިކަންހާއިރު ކަމަށް އެމްއެންޑީފުން ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފުލުހުން މިހާރު ގެންދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.