ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ޒާރޫރީ ހިފާގެންގުޅުނު ސާމާނަށް ލިބުނު ގެއްލުން މިލިއަނަކަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި 41 ގޭބިސީގެ ޒަރޫރީ ހިފާގެންގުޅޭ ތަކެތި އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާކަން އެސެސްމަންޓުން ފާހަގަކުރެވުނެވެ. ޒާރޫރީ ހިފާގެންގުޅުނު ސާމާނަށް ލިބުނު ގެއްލުން ވަޒަންކުރުމަށް 18 ގޭގެ 92 ގޭބިސީގެ އެސެސްމަންޓުވަނީ ހަދައިފައެވެ. ހެންވޭރު ބޮޑު އަލިފާނުގެ ހާދިސާގައި ޒާރޫރީ ހިފާގެންގުޅުނު ސާމާނަށް ލިބުނު ގެއްލުމުގެ ޖުމުލަ ޢަދަދަކީ 1,036,651.00 ރ. އެވެ.
ގެއްލުންވި ގެތަކުގެ ތެރެއިން ތިން ގެއެއް، އިތުރަށް ގެންލުން ވަޒަންކުރަންޖެހޭ ކަމަސްވެސް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ. ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް 31 ގޭގެ އެސެސް މެންޓް ހެދިފައިވެއެވެ. އެސެސްމަނަޓްތަކުން ދައްކާ ގޮތުގައި 14 ޢިމާރާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ ތެރޭގައި އަނދައިގެންދިޔަ ޢިމާރާތްތަކުގެ ތެރެއިން އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތަޅާލެވުނު ގުދަންތައް ވެސް ހިމެނެއެވެ.
ހެންވޭރު ބޮޑު އަލީފާނުގެ ހާދިސާގެ ގެއްލުމުގެ ސަބަބުން 9 ޢިމާރާތް ތަޅާލަން ޖެހުނު ކަމަށްވެސް އެމްޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މީހުން ދިރިއުޅުނު ތިން ޢިމާރާތާއި ހަ ގުދަނެވެ. ހެންވޭރު ބޮޑު އަލީފާނުގެ ހާދިސާގެ ގެއްލުމުގެ ސަބަބުން 6 ޢިމާރާތް ދިރިނޫޅެވޭވަރަށް ހަލާކުވެފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ. ފަސް ޢިމާރާތެއް ދިރިއުޅުމަށް ރައްކާތެރި ނަމަވެސް ބައެއް މަރާމާތުކުރަންޖެހޭކަމަށް ވެސް އެމްޑީއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކައެވެ. ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގައި 31 ގޭބިސީއަށް ގެންލުންވިކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ. އޭތެރެއިން 25 ގޭ ބިސީއަކީ ކުއްޔަށް އުޅޭ ގޭބިސީތަކެވެ.
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން އެޙާދިސާގައި 26 ގެއަކުން މީހުން ހުސްކުރެވުނެވެ. އެއީ 87 ގޭ ބިސީކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އަދި 11 ގެއަކުން ވަގުތީ ގޮތުން މީހުން ބަދަލު ކުރެވުނެވެ.
އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ހެންވޭރު އަލިފާނުހެ ޙާދިސާގައި މިހާރު އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ތިބީ 38 އާއިލާއެއްގެ 164 މީހެކެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވަނީ ގާކޮށީގެ 14 އެޕާޓްމަންޓަކާއި، ބައެއް ގެސްޓް ހައުސްތަކުންނެވެ.