
ހައްދުންމަތީ ގަމުގަމުގެ ގެއެއްގައި މިއަދު އަލިފާން ރޯވެ މީހުންނަށް ދިރިނޫޅެވޭ ވަރަށް އެނދި ގޭގެ މީހުން ދިރިއުޅުމަށް ރަށު ކައުންސލުން ގެއެއް ހަމަޖައްސައިދީފައެވެ.
ކައުންސިލުން ހަމަޖައްސައިދިން ގެއަށް މީހުން މިހާރުވަނީ ބަދަލުވެފައެވެ. އަދި އެނދިގޭގައި ހުރި ސާމާނުތަކުގެ ތެރެއިން ކިރިޔާވެސް ބޭނުން ކުރެވޭ އެއްޗެހިތައް ފުލުހުން ގެންދަނީ ކައުންސިލުން ހަމަޖައްސައިދިން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ކައުންސިލުން ހަމަޖައްސަވައި ދެއްވި ގެއަކީ ފަސޭހައިން އުޅޭވޭ ގޮތަށް ހުރި ގެއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފުލުހުން ގެންދަނީ އެޢާއިލާއަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އެގޭގައި ރޯވެފައިވަނީ މިއަދު މެންދުރު 12:55 އެހައިކަންހާއިރު އެވެ. އަލިފާން ނިއްވާފައިވަނީ ސިފައިންނާއި ފުލުހުންކުރި މަސައްކަތުން 1:15 އެހައިކަންހާއިރުއެވެ.