
ދެކުނު ކޮރެޔާގެ ރައީސް ޕާކް ގެއުން ހައި އާދެކޮޅަށް މިހާރު ކުރިޔަށްދާ ކޮރަޕްޝަންގެ ތަހްގީގު ގައި ހެކިބަސްދިނުމަށް ރައީސްގެ ރަހުމަތްތެރިއެއްކަމަށްވާ މަހުޖަނު ، ޗޮއިސޫންސިލް ، ހޯމަދުވަހު ކޮންސްޓިޓިއުޝަނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ. ކޮރަޕްޝަންގެ މަސްއަލަ ތަކެއްގައި ރައީސް ޕާކް އާ ސުވާލުކޮށް ތަހްގީގުތައް ފެށުމަށް ޑިސެމްބަރުނުވަވަނަ ދުވަހު ގާނޫނުހަދާމަޖިލީހުން ފާސްކޮށްފައިވާތީ ، ރައީސްގެ މަގާމުގެ ބާރުތައްވަނީ ވަކި ކުރެވިފައެވެ. ރައީސް ޕާކްގެ މައްޗަށް ކުރެވޭ އެއް ތުހުމަތަކީ ދައުލަތުގެ ކަންކަން ހިންގުމުގައި ޤާނޫނާ ގަވާއިދާ ޚިލާފަށް ޗޮއިސޫން ސިލް ބައިވެރިކޮށް، އޭނާ މެދުވެރިކޮށް ބޮޑެތި ވިޔަފާރި ކުންފުނިތަކުން ބޮޑެތި އަދަދުން ރިޝަވްތު ހޯދަމުން ދިއުމުގެ ކުށެވެ.
ދެކުނުކޮރެޔާގެ ރައިސް ޕާކް ގެއުން ހައި ދެކޮޅަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އަކަމަނާ މަގާމުން އިސްތިއުފާ ދިނުމަށްގޮވާލާ ގިނަ އަދަދެއްގެ ބަޔަކުދަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ .