
މާލެ ލޮނުޒިޔާރަތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތްތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ނިޔާވެފައި އޮއްވައި ފެނިފައިވަނީ ޢުމުރުން 83 އަހަރުގެ ދިވެހި ފިރިހެއްނެއް ކަމަށެވެ. އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 11:12 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެ މިސްކިތުތެރެއަށް ވެއްޓިފައި މީހަކު އޮތް ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންވަނީ އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އެތަނަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
އެމީހާއާ ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ. އެކަމާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.