
ޑައިވިނަށް ގޮސް އުޅުނު ޖަރުމަނުވިލާތު ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭނާ މަރުވެފައިވަނީ ޑައިވިނަށްގޮސްފައި މައްޗަށް އެރިފަހުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މަރުވެފައިވަނީ އއ. އަތޮޅު ސަފާރީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ. ފުލުހުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 15:25 އެހައިކަންހާއިރު ކަމަށެވެ.
މިޙާދިސާއަށްފަހު ފުރަތަމަވެސް ގެންދިޔައީ އއ. މަހިބަދޫ ހޮސްޕިޓަލަށެވެ. އެތަނަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައިކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން މިހާރު ގެންދަވަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.