
ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މަރުވެފައިވަނީ ޢުމުރުން 71 އަހަރުގެ މީހެކެވެ. އޭނާއަކީ ސްޕޭން މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާއަކީ ކުރިމަތި ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފިރިހެން ފަތުރުވެރިއެކެވެ.
އެމިހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 5:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ ބަލަމުންނެވެ.
ވަރަށް ފަހުން އައްޑޫސިޓީ ކެނަރީފުގައި ވެސް ވަނީ ފަތުރުވެރިއަކު މަރުވެފައެވެ. އެހެންނަމަވެސް އޭނާ މަރުވެފައިވަނީ މުދަށް އެރިއުޅުމުގެ ތެރޭގައި ނޫނެވެ. އެމީހާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ އުޅުނު ކޮޓަރީންނެވެ.