
އައްޑޫސިޓީ ލިންކުރޯޑުގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަންދަށް މީހަކު ގެންގޮސްފިއެވެ.
ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ކާރު ދުއްވަންއިން މަރަދޫ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮއްވައި ރޭގެ ވަގުތެއްގައެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ. ހޮސްޕިޓަލުންވެސް ވިދާޅުވެފައިވަނީ އޭނާއަށް މާބޮޑު އަނިޔާއެއް ނުވާކަމަށެވެ.
ފުލުހުންގެ ބަންދަށް އޭނާ ގެންދިޔުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން މިހާރު އޭނާވަނީ ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައެވެ.
އިއްޔެ އެކްސިޑެންޓުގައި ސ. ހިތަދޫ ޒުވާނަކު ވަނީ މަރުވެފައެވެ.