4 ރަށެއްގައި ފެނަކައިން އަލަށް ގާއިމުކުރި އޮފީސް އިމާރާތް ހުޅުވައިފި

ފެނަކައިން އަތޮޅުތެރޭގައި ހުޅުވި އޮފީހެއް - ފޮޓޯ: ފެނަކަ ފޭސްބުކް

4 ރަށެއްގައި ފެނަކައިން އަލަށް ގާއިމުކުރި އޮފީސް އިމާރާތް ހުޅުވައިފިއެވެ.

އެންމެފަހުން ހުޅުވާފައިވަނީ ށ. ކޮމަންޑޫ، ބ. ފުޅަދޫ، ހއ. އުތީމު އަދި އެ އަތޮޅު އިހަވަންދޫގައެވެ.

ށ. ކޮމަންޑޫގައި އަލަށް އިމާރަތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ މިއަދު ޚިދުމަތް ދޭންފެށިއިރު، ފުޅަދޫގައި އަލަށް އިމާރަތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، އިއްޔެ ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މީގެ އިތުރުން ފެނަކައިގެ އައު އޮފީސް އިހަވަންދޫގައި މި މަހު 1 ގައި އަދި އުތީމުގައި މި މަހު 2 ގައި ވަނީ ހުޅުވާ ޚިދުމަތް ދޭން ފަށާފައެވެ.

ފެނަކައިން އަތޮޅުތެރޭގައި ހުޅުވި އޮފީހެއް - ފޮޓޯ: ފެނަކަ ފޭސްބުކް

ފެނަކައިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ޒަމާނީކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރީ ބާ އިންޖީނުގެތަކުގެ ބަދަލުގައި މުޅިން އައު، ޒަމާނީ އިންޖީނުގެތައް ތަރައްޤީކުރަމުންނެވެ.

އިންޖީނުގެތައް ތަރައްޤީކުރުމުގެ އިތުރުން ފެނަކައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އޮފީސް އިމާރާތްތައްވެސް އެކި ރަށްރަށުގައި ދަނީ ހުޅުވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.