ޙަސަލް ލަތީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާޒީ ހައިލަމް ވަނީ ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ބޮޑު އިލްޒާމެއް އަޅުވައިފައި ކަމަށެވެ. އެފަދަ އިލްޒާމެއް ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅުވުމުގެ ބަދަލުގައި ގާޒީއަށް ނުފޫޒު ފޯރިވި ބޭފުޅުންގެ ނަންތައް ހާމަކުރެއްވުމަށް ޙަސަން އެދިވަޑައިގެންނެވިއެވެ.
"ގާޒީ ހައިލަމް، ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ތިޔަ އިލްޒާމް ނާޅުއްވާ. ނުފޫޒު ފޯރުވި ކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވާ އަދި އެމައްސަލަ ހުށަހަޅުއްވާ،" ޙަސަންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.މި
ޙަސަލް ލަތީފް މިހެން ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މައްޗަށް ޖަލުހުކުމެއް އާދޭތޯ ކަށަވަރު ކުރުމަށް ސަރުކާރިގެ އިސްބޭފުޅުން އޭނާއަށް ނުފޫޒު ފޯރުވިކަމަށް ވިދާޅުވެ ހައިލަމް އިއްޔެ ނެރުވި ބަޔާނާ ގުޅިގެންނެވެ.

އެބަޔާނުގައި ހައިލަމް ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކި ބޭފުޅުން އޭނާއަށް ނުފޫޒު ފޯރުވާން ފެއްޓެވި ކަމަށެވެ. އެކަން ކުރައްވަން ފެއްޓެވީ އާނާގެ ގާތްމީހުން މެދުވެރިކޮށްގެންނާއި ސީދާ އޭނާއަށް ގުޅައިގެންނާއި މެސެޖުކޮށްގެން ކަމަށް ވިދާޅުވެފައެވެ.
އެ ނުފޫޒުތަކަށް ތަބާ ނުވުމުން ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދިންކަމަށްވެސް ވިދާޅުވެފައިވެއެވެ.