
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގުޅިގެން ކެންސަރ ސްކްރީނިން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.
އެޗުއާރުއެޗުން ވިދާޅުވީ މި ޕްރޮގްރާމް އޮންނާނީ ނޮވެމްބަރު 10 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ ސްކްރީން ކުރުމަށް އެޕޮއިންޓްމެންޓް ހަދަންޖެހެއެވެ. ރެއިން ފެށިގެންވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މި ޕްރޮގްރާމުގެ ދަށުން ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އަނގައިގެ ކެންސަރާއި، އުރަމަތީ ކެންސަރާއި، ރަހިމުގެ ދޮރަށްޖެހޭ ކެންސަރެވެ. މީގެ ކުރިންވެސް އެޗުއާރުއެޗުގައި ވަނީ މިފަދަ ޕްރޮގްރާމްތައް ހިންގައިފައެވެ.