
ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މިހާރުވަނީ ތޫފާނަކަށް ބަދަލުވެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިހާރުވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހިސާބަށް ޔެލޯ އެލާޓު ނެރެފައެވެ. ޔެލޯއެލާޓް ނެރެފައިވަނީ މިރޭ 22:00 އިން 31 އޮކްޓޯބަރގެ 300 އާ ހަމަށެވެ. އެވަގުތުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ތޫފާން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެގެ ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް އަރަބި ކަނޑަށް ޖެހުމުން ދާނެކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި މިތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެއެވެ.
އެމްއެމްޑީއެފުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.