
ކުރިއަށްއޮތް ތިންދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސަރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މި ވިއްސާރައިގައި އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއީ 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި 45 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ދިޔަބޮޑުވާ ގަޑީގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެއީ 65 މީޓަރުގެ ވާރޭއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވެސް މެޓު އޮފީހުން ބުނެފައިވެއެވެ. މެޓު އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ގދ.އަތޮޅާ ދެމެދުގެ ރަށްރަށަށް ވައިޓްއެލާޓް ނެރެފައެވެ.