
ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަހައްދު (އޭޑީކޭ ޖެނެރަލް ޓްރޭޑިންގ) ކައިރި ޕާކް ކޮށްފައި އޮތް ވޭނެއްގައި ރޭފަތިހު ރޯވެ އެކިވަރުގެ ގެއްލުން ވެއްޖެއެވެ.
މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ފަތިހު 5:18 އެހައިކަންހާއިރު ލިބުމުން ފަޔަރ ފައިޓިންގ ޓީމެއް ވަނީ އެސަރަޙައްދަށް ގޮސް އަލިފާން ނިއްވައިފައެވެ. އޭގައި ރޯވެފައިވަނީ ބެޓެރިއާއި ކުރީ ސީޓުގެ ދަށްފުށުގައެވެ. އަލިފާން ނިވި ބޭނުންކޮށްގެން އަލިފާން އެއްކޮށް ނިއްވައިލެވުނީ ފަތިހު 5:31 އެހައިކަންހާއިރު އެވެ.
މި ޙާދިޞާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ދަނީ މި ޙާދިޞާ ތަޙުގީގްކުރަމުންނެވެ.
boduhulhu sarukaaru aima hunnaanee roave roave