
ބޭނުންވާނެ ބާވަތްތައް:
1 ދޮންކެޔޮ، ތޮށި ނޮޅައި ފްރީޒް ކޮށްފައި
1 ކެރެޓު، ކުދިކޮށް ކޮށާފައި
¼ ޖޯޑު ޒުކިނީ، ތުނިކޮށް ކޮށާފައި (ނުވަތަ ކޯލީ ފްލާވަރ)
¼ ޖޯޑު ވެނީލާ ޕައުޑަރ
1 ޖޯޑު ކިރު
1 މޭޒުމަތީ ސަމުސާ ރޯ އިނގުރު (ފުނޑާފައި)
¼ ސައިސަމުސާ ރީނދޫ
1/8 ސައިސަމުސާ ފޮނިތޮށި
އަސޭ މިރުސްކޮޅެއް
1 ސައިސަމުސާ ސްޕިނޭޗް
ތައްޔާރުކުރާނޭ ގޮތް:
ސްމޫތީ އަށޤ ބޭނުންވާ ހުރިހާ ބާވަތެއް ބްލެންޑަރަށް އަޅައި ކްރީމަށް ވަންދެން ހިމުންކުރާށެވެ. ސްޕިނޭޗް ފަދަ ފެހި ބާވަތްތަކަކީ ސްމޫތީ ފެހި ކުރުމަށާއި ހަށިގަނޑަށް ފައިދާ ހުރި ބައިތައް އިތުރުކުރުމަށް ބޭނުންކުރާ ބާވަތްތަކެވެ. މިއީ އިޚްތިޔާރީ ބާވަތްތަކެކެވެ.
ބްލެންދް ކުރެވުމުން ރަހަ ހެޔޮވަރު ކުރާށެވެ. އިތުރަށް އިނގުރު ނުވަތަ ދޮންކެޔޮ ނުވަތަ އެހެން ބާވަތެއް އަޅަށް ބޭނުން ނަމަ އަޅައި ރަހަ ހެޔޮވަރު ކުރާށެވެ.
ދެން ތަށްޓައި އަޅައި ސާވް ކުރާށެވެ.
މިއީ ވިއްސާރަ ދުވަސް ދުވަހު އަޖުމަ ބަލައިލަން ރަނގަޅު ބުއިމެކެވެ. ބާކީ ވެއްޖެނަމަ އައިސްއަލަމާރީގައި 24 ގަޑިއިރު ބެހެއްޓިދާނެއެވެ. ނުވަތަ އައިސް ކިއުބް ޓްރޭއަކަށް ހުސްކޮށް ގަނޑުކުރާ ބައިގައި ބަހައްޓާށެވެ.
ރެސިޕީ: ޑޭނާ