އާފަތިސް ރޯދަ ބަދިގެ: ސަމަރ ޕުޑިން

ޕުޑިން އަށް ބޭނުންވާނެ ތަކެތި:

150 ގުރާމް ފްރޯޒަން ސްޓްރޯބެރީ 

150 ގުރާމް ފްރޯޒަން ޗެރީ 

150 ގުރާމް ފްރޯޒަން ބްލޫބެރީ 

ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ގޯލްޑަން ސިރަޕް

10 ފޮތި ޕާން

ކެރެމަލް ރިޕްލް އައިސްކްރީމަށް ބޭނުންވާނެ ތަކެތި:

495 ގުރާމް ގެރި ކިރު

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ގޯލްޑަން ސިރަޕް

ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ކްރީމް

ލޮނު ކޮޅެއް

ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެ ގޮތް:

އުނދުން މައްޗަށް ތެއްޔެއް އުދައި ބެރީ އާއި ގޯލްޑެން ސިރަޕް އެޅުމަށްފަހު ތެލީގެ މަތިޖަހައިގެން ފަސް މިނިޓް ވަރު ކައްކާށެވެ. ފަސް މިނިޓްވަރު ކައްކާލީމާ ސޯސް ތައްޔާރު ކުރެވޭނެއެވެ.

ދެން ޖޫސް ނުވަތަ ސޯސްގެ ތެރެއިން ބެރީތައް ނަގާށެވެ. ދެން ޕުޑިން ހަދާ ކުދީ ތަށީގައި މާޖިރީން އުނގުޅުމަށްފަހު ތަށްޓަށް ފިޓުވާ ވަރަށް ޕާން ކަފައި ސިރަޕުން ފޯކޮށްފައި ޕުޑިން ތަށީގައި ބަހައްޓާށެވެ.

ދެން ބެރީ ސިރަޕް އަނެއްކާވެސް އުނދުން މައްޗަށް އުދައި ގްލޭޒް އަށް ވަންދެން ކައްކާށެވެ.

ޕާން އަޅާފައި ހުރި ޕުޑިން ތަށްޓަށް ބެރީތައް އަޅައި ފިލް ކުރާށެވެ. ދެން އޭގެ މައްޗަށް ސިރަޕް އެޅުމަށްފަހު ބެރީތަކުގެ މަތިގައި ޕާން ކޮޅެއް ބާއްވާށެވެ. ދެން ޕާނުގެ މައްޗަށޤ ސިރަޕް އަޅާށެވެ.

އައިސް އަލަމާރީގައި އެއްގަޑި އިރު ނުވަތަ އެއްރޭ ވަންދެން ބަހައްޓާށެވެ.

ކެރެމަލް ރިޕލް ތައްޔާރުކުރުމަށް ތެއްޔެއްގައި ގެރި ކިރާއި ގޯލްޑެން ސިރަޕް ހޫނުކުރާށެވެ. 6 މިނިޓް ވަރު ކެއްކުމަށްފަހު އޭގެތެރެއަށް ކްރީމް އަޅައި އިތުރު 4 މިނޓް ކެއްކުމަށްފަހު އުނދުންމަތީން ބާލާށެވެ.

އައިސްކްރިމާއި ކެރެމަލް ރިޕްލް އެއްކުރާށެވެ.

ޕުޑިން ތަށި އައިސް އަލަމާރިން ނެގުމަށްފަހު ތަށްޓަކަށް ފުށުން ޖަހައި، ބެރީ އާއި އައިސްކްރީމް އާ އެކު ކާން ނަގާށެވެ.  

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.