ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ރާއްޖެ ވަޑައިގެންފި

ހައި ރެޕްރެޒެންޓެޓިވް އޮފް ޔޫރަޕިއަން ޔޫނިއަން ފޯރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް މިސިޒް ފެޑްރިކާ މޯގަރިނީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި ކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އިން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީގެ ޓްވީޓެއް ގައި ހާމަކުރައްވާފައިވާ ގޮތުގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން އެކަމަނާ އަށް މަރުހަބާ ދެންނެވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް އާއި ފޮރިންސެކްރެޓަރީ އަބުދުލް ޢަފޫރު މުހައްމަދު އެވެ. އެކަމަނާގެ މިދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުޅެކެވެ.

ފޮރިން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ފޮރިންމިނިސްޓަރ އަބުދުﷲ ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި އެ ކަމަނާ ބައްދަލު ކުރައްވާނެއެވެ. އަދި މިއަދު ހަވީރު 4 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައި ވެސް ފޮރިންމިނިސްޓްރީން ހާމަކުރައްވައެވެ.

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.