އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ޢީދު ބަންދު ތެރޭގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި

އުތީމު ގަނޑުވަރު: ފޮޓޯ އާފަތިސް

1440 ވަނަ އަހަރު އަޟްހާ އީދުގެ ބަންދުގެ ތެރޭގައި އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވާ ގޮތަށް ހަމަޖައްސައިފި ކަމުގައި ޑިޕާޓްމެންޓް އޮފް ހެރިޓޭޖްން ހާމަކުރައްވައިފިއެވެ.

އެޑިޕާޓްމެންޓުން ނެރުނު އިޢުލާނުގައި ހާމަކުރައްވާފައިވާ ގޮތުގައި އޯގަސްޓް މަހުގެ 12 އިން 15 އަށް އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހެދުނު 8:15 އިން 13:30 ށް ހުޅުވިފައި ހުންނާނެއެވެ. ނަމަވެސް ހައްޖު ދުވަހާއި އަޟްހާ ޢީދު ދުވަހު ގައުމީ ދާރުލް އާސާރާއި އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ބަންދުވާނެއެވެ.

އެ އިޢުލާނުގައި ބަޔާންކޮށް ފައިވާ ގޮތުގައި އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް ހުކުރުދުވަސް ނޫނީ ހެދުނު 8:15 އިން 13:30 ށް އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެއެވެ. ގައުމީ ދާރުލް އާސާރު ހުޅުވިފައި ހުންނާނީ ހެދުނު 10:15 ން 15:30 ށެވެ.

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.