
ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރާއި ދައުރު ހަމަވަމުންދާ ޖޭއެސްސީގެ އާންމުންގެ މެމްބަރ ޢަބްދުލް ޙަންނާނު އަޙްމަދު ހިމެނޭ ގޮތަށް ހަ ބޭފުޅަކު އެކޮމިޝަންގެ ޤާނޫނީ ވަކީލުގެ ގޮޑިއަށް ކުރިމަތިލައްވައިފިއެވެ. ޖޭއެސްސީގެ ވަކީލުންގެ ގޮނޑިއަށް ވާދަކުރައްވާ ވަކީލުންގެ ނަންތައް މިރޭ ވަނީ ތަރްތީބު ކުރައްވައިފައެވެ.
މިއިންތިޚާބަށް ކުރިމަތި ލެއްވި އަނެއް ހަތަރު ވަކީލުންނަކީ ދ، ރިނބިދޫ ކުންނާރުގެ ޢަލީ ރަޝީދާއި ހއ. އިހަވަންދޫ އަންބަރީގޭ ޢަބްދުލް މާނިޢު ޙުސައިނާއި ދަފްތަރު ނަމްބަރު ރސ. 1890 އަޙްމަދު ނަޝީދު ޙުސައިނާއި ހއ. ކެލާ އަނބުގަސދޮށުގޭ މަރްޔަމް ހަނީފާ ޚާލިދެވެ. ކެޑިޑޭޓުން ނަން ތަރްތީބު ކުރުމަށް ގުރުއަތު ނެގުން އޮތީ 23 ޖުލައި 2019 ދުވަހުގެ ރެއެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު އިލެކެޝަންސް ކޮމިޝަނުންވަނީ އާއްމުކޮށް އިޢްލާން ކުރައްވައިފައެވެ.
ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރަކު އިންތޚާބު ކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ މިމަހު 27 ވަނަދުވަހުއެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައިވާ ގޮތް:
ކެންޑިޑޭޓް ނަމްބަރ 1 - ޢަލީ ރަޝީދު، ދ. ރިނބިދޫ ކުންނާރުގެ
ކެންޑިޑޭޓް ނަމްބަރ 2- ޢަބްދުލް މާނިޢު ޙުސައިން، ހއ. އިހަވަންދޫ އަންބަރީގެ
ކެންޑިޑޭޓް ނަމްބަރ 3- އަޙްމަދު ނަޝީދު ޙުސައިން ދަފްތަރު ނަމްބަރު ރސ. 1890
ކެންޑިޑޭޓް ނަމްބަރ 4- ޢަބްދުލް ޢަޒީޒު ޖަމާލް އަބޫބަކުރު، މާޒީ ލ. މާވަށް
ކެންޑިޑޭޓް ނަމްބަރ 5- މަރްޔަމް ޙަނީފާ ޚާލިދު ހއ. ކެލާ އަނބުގަސދޮށުގެ
ކެންޑިޑޭޓް ނަމްބރ 6- ޢަބްދުލް ޙަންނާނު އަޙްމަދު، ގ. އަސްމަހި މާލެ