
ޗައިނީސް އެކަޑަމީ އެފް ގަވަރނެންސްގެ ޕްރޮފެސަރ އޮފް ދަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެމަރޖެންސީ މެނޭޖްމަންޓް ލި ޒިފެންގް ޤައުމީ ދާރުލް އާސާރުގައި ހުންނަ ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތް ކުރައްވައިފިއެވެ.
އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ކުރެއްވި މި ޒިޔާރަތުގައި ލި ޒުފެންގް ވަނީ ޕޮލިސް މިއުޒިއަމް ބައްލަވާލައްވައި ފުލުހުންގެ ޚިދުމަތް އުފެދިގެން އައިގޮތާއި އޭރު ފުލުހުންގެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ފުލުހުން ބޭންކޮށްފައިވާ ތަކެއްޗާއި ބޭނުންކުރި ޔުނީފޯމްތައް ބައްލަވާލައްވައި އެތަކެއްޗާ ބެހޭ މަޢުލޫމާތު ހޯއްދަވައިފައެވެ. މީގެއިތުރުން ޕްރޮފެސަރ ލި ޒުފެންގް ވަނީ ޤައުމީ ދާރުލްއާސާރުވެސް ބައްލަވާލައްވާފައެވެ.
ފުލުހުންގެ މިއުޒިއަމްއަކީ ފުލުހުންގެ ތާރީޚާއި ސަޤާފަތް އަންނަން އޮތްޖީލުތަކަށް ވާޞިލްކޮށްދިނުމުގެ ގޮތުން 2013 މާރޗް 29 ވަނަ ދުވަހު ހުޅުވި ސެންޓަރެކެވެ.