
އައިވީ ނުވަތަ އިންޓަރނޭޝަނަލް ވިމެން އެމްޕަވަރމެންޓް އިވެންޓްސްގެ ރަސްމީ ފިރިހެން ބައިވެރިއަކަށް އަދި އެމްބެސެޑަރަކަށް ރާއްޖޭގެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ހަމަޖައްސައިފިއެވެ. އޭނާ މި މަގާމަށް ހަމަޖެއްސީ ކުރުނބާ މޯލްޑިވްސް ގައި މިހާރު ކުރިއަށް ދާ ކޮންފަރެންސްގައެވެ.
އިންޓަރނޭޝަނަލް ވިމެން އެމްޕަވަރމެންޓް އިވެންޓްސް އަކީ ފެންވަރުގައި އަންހެނުން ކުރިއަރުވާން މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. ދެކުނު އޭޝިއާއާއި މެދު އިރުމަތީގެ އަންހެން ލީޑަރުންނާ ގުޅިގެން ވިޔަފާރީގެ މައުލޫމާތު ފަތުރައި އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމަކީ މި ޖަމްއިއްޔާގެ އެއް މަގުސަދެވެ.