
ސަންރައިޒް ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިތުރު ބޭފުޅަކަށް ދެއްވައިފިއެވެ.
މިފަހަރަށް ހުއްދަ ދެއްވީ އަންހެން ބޭފުޅެއް ކަމަށްވާ މ. މަލިކުވިއު، ސަޢީދާ ރަޝާދަށެވެ.
ސަންރައިޒް ޕާޓީ އުފެއްދުމުގެ ހުއްދައާއެކު ދެންޖެހޭނީ ތިން ހާސް މެމްބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާށެވެ. އެ ޢަދަދަށް ސޮއި ހުށަހެޅުމުން ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދެއްވާނެއެވެ. އެ ޖަލްސާއަކީ ޤާނޫނީ ގޮތުން ބާއްވަންޖެހޭ ޖަލްސާއެކެވެ. އެޖަލްސާގައި ޕާޓީގެ ލޯގޯފަދަ މުހިންމު އެއްޗެހި ފާސްކުރުން ވެސް އޮންނާނެއެވެ.