
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އައްޑޫ ސިޓީ ފޭދޫގައި ބަހައްޓާ އޭޓީއެމް މެޝިން ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ބޭންކުގެ ސ. ބުރާންޗުން ވިދާޅުވެއްޖެއެވެ.
ސ. ބުރާންޗުގެ އިސްބޭފުޅަކު ވިދާޅުވީ މެޝިނާއި އެހެން ސާމާނުވެސް މިހާރު ލިބިފައިވާ ކަމަށެވެ. "މިހާރު ކުރަމުންދާ މަސައްކަތަކީ އެޓީއެމް މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދުން،" އޭނާ ވިދާޅުވިއެވެ. އިޢުލާން ކޮށްގެން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް މެނޭޖުމެންޓުން ވިދާޅުވެފައިވާ ކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ.
ފޭދޫގައި އެމްއައިބީގެ އޭޓީއެމެއް ބަހައްޓަން ބިންދޫކޮށްފައިވާތާ ގާތްގަނޑަކަށް ދެއަހަރުވަނީ ވެފައެވެ. މިއަހަރު ނިމުމުގެ މާކުރިން ފޭދޫ އޭޓީއެމްގެ މަސައްކަތް ފަށައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސ. ބުރާންޗުން ވިދާޅުވިއެވެ.