ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އާރޗީގެ އާ ފޮޓޯއެއް އާއްމުކޮށްފި

މިއަދު ފާހަގަކުރާ ބައްޕައިންގެ ދުވަހު ޕްރިންސް ހެރީގެ ދަރިކަލުން އާރޗީގެ އާ ފޮޓޯއެއް އާއްމުކޮށްފިއެވެ. މެގަން އާއި ހެރީގެ ރަސްމީ އިންސްޓެގްރާމް އެކައުންޓް، 'ސަސެކްސްރޯޔަލް' އިން އާއްމުކުރި ފޮޓޯގައި ބައްޕައިންގެ ދުވަހުގެ ތަހުނިޔާއާ އެކު މިއީ ހެރީގެ ފުރަތަމަ ބައްޕައިންގެ ދުވަސްކަން ފާހަގަކުރައްވާފައިވެއެވެ.

ހެރީ އާއި މެގަންގެ ދަރިކަލުން އާރޗީ ހެރިސަން މައުންޓްބެޓްން އުފަންވެ ވަޑައިގަތީ މި އަހަރުގެ މޭމަހުގެ ހަވަނަ ދުވަހުއެވެ، އަދި މޭ މަހުގެ އަށްވަނަ ދުވަހު މީޑިއާއަށް ތައާރަފުކުރެވުނެވެ.

މީގެ އިތުރުން ބައްޕައިންގެ ދުވަހާއި ގުޅުވައިގެން ހެރީއަށް ތާއީދުކުރާ ފަރާތަކުން ވަނީ 'ހެޕީ ފާދަރްސް ޑޭ ޕްރިންސް ހެރީ' ނަމުގައި ކެންޕޭނެއް ފަށާފައެވެ. މި ކެންޕޭނަކީ ހެރީ އިސްވެހުންނަވައި ޙަރަކާތްތެރިވެވަޑައިގަންނަވާ އިޖްތިމާއީ އެކި މަސައްކަތްތަކަށް ފައިސާގެ އެހީ ހޯދުމަށް ފެށި ކެންޕޭނެއް ކަމަށް އެ ފަރާތުން މީޑީއާއަށް މައުލޫމާތު ދީފައިވެއެވެ. ސޯޝަލްމީޑިއާގައި މި ކެންޕޭން ކުރިއަށްދާނީ 'ހެޕީ ފާދާރސް ޑޭ ޕްރިންސް ހެރީ" ހޭޝްޓެގް ބޭނުންކޮށްގެންނެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.