ފުލައިމީ އޮފީހުން ލެޕްޓޮޕަކާއި ފައިސާތަކެއް ވަގަށް ނަގައިފި

ފުލައިމީގެ ބޯޓެއް

ފުލައިމީ އޮފީހުން ލެޕްޓޮޕަކާއި 1500 ރުފިޔާ ވަގަށްނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެތަނުން ވައްކަން ކޮށްފައިވަނީ މިއަދު ހުކުރު ނަމާދު ވަގުތުއެވެ. މި ވައްކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލައިމީ އޮފީހުން ވައްކަން ކޮށްފައިވަނީ އެތަން ފަޅާލައިގެން އެތެރެއަށް ވަދެއެވެ. އެހެން ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ފުލައިމީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީދާއިރާގެ މަޖިލިސް މެމްބަރ ޤާސިމް އިބްރާހީމް ހިންނަވާ އަމިއްލަ އެއާލައިނެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.