
މާލޭގެ ފިހާރަތަކަށް ގެއްލުން ދީފައިވާ މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލުންދީފައިވަނީ ފަށާނާކިލެގެ މަގުގައިހުރި ފިހާތަކަކަށް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ފިހާރަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 9:37 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
"އެމަގުގައިހުރި ފިހާރައެއް ފަޅާލައި އިތުރުފިހާރަތަކެއްގެ ތަޅަށް ގެއްލުންދީފައިވޭ" ފުލުހުން ވިދާޅުވިއެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ވައްކަމާއި ފޭރުމާއި، މާރާމާރީ ފަދަ ކުށްތައް ކުރުން ރާއްޖޭގެ އެކި ސަރަހައްދުގައި މިހާރުވަނީ އާދައިގެ ކަމަކަށް ވެފައެވެ. މިއީ މިހާރަށްވުރެ ބޮޑަށް ވިސްނައި ފިޔަވަޅުއަޅައި ހުއްޓުވަންޖެހޭ ކަމެކެވެ. ފުލުހުންދަނީ އެކަންކަން ހުއްޓުވުމަށް ތަފާތު މަސައްކަތައް ކުރައްވަމުންނެވެ.