
ހުޅުމާލޭގައި ހުންނަ ރޫޓުފިހާރައިން ބޭންކަށް ޖަމާކުރަން ގެންދިޔަ ތިންލައްކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވީ އެފައިސާ ފޭރިގެންފައިވަނީ ބޭންކަށް ޖަމާކުރަން ގެންދަން ވޭނަށް އަރަން އުޅެނިކޮށް ސައިކަލެއްގައި އައި މޫނުނިވައިކޮށްފައިހުރި މީހެއް ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10:21 އެހައިކަންހާއިރު އެވެ. މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ރޫޓު ފިހާރަ ކައިރީގައެވެ.
މިޙާދިސާއަށްފަހު ފުލުހުން ވަނީ ފިހާރަތަކާއި ކުންފުނިތަކުން ގިނަ ޢަދަދެއްގެ ފައިސާއާއި ޗެކުތައް ތަންތަނަށް ގެންދާނަމަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިލްތިމާސް ކުރައްވައިފައެވެ.
ފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ މައްސަލަ ވަނީ އިތުރުވެފައެވެ. ވަރަށް ފަހުން ވެސް ވަނީ ހުޅުމާލޭގައި ހިންގާ ފިއުލްސަޕްލައި މޯލްޑިވްސްގެ ފައިސާތަކެއް ބޭންކަށް ޖަމާކުރަން ގެންދަނިކޮށް ފޭރިގެންފައެވެ.